- Advertisement -ad image

އީދު ބަންދުގައި ހިދުމަތް ދޭނީ ހަމައެކަނި އިމަރޖެންސީ ކޭސްތަކަށް: އިމިގްރޭޝަން

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް އީދު ބަންދުގައި ހިދުމަތް ދޭނީ ހަމަ އެކަނި އިމަރޖެންސީ ކޭސްތަކަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ކުރިއަށް އޮތް ހައްޖު އަދި އަޟްހާ އީދު ބަންދާ ގުޅިގެން ދިވެހި ޕާސްޕޯޓާއި ވިޒާގެ ހިދުމަތްތައް 25 ޖޫން އިން 29 ޖޫން ދުވަހާއި ހަމައަށް މެދުކެނޑޭނެ ކަމަށެވެ.
އަދި މިމުއްދަތުގައި ހިދުމަތް ލިބޭނީ ހަމައެކަނި މެޑިކަލް އެމަރޖެންސީ ކޭސްތަކަށް ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އެހެންކަމުންމިފަދަ ހާލަތެއްގައި ނަމަ ވައިބާ މެދުވެރިކޮށް މެޑިކަލް ރެފަރެންސާއި ހިދުމަތަށް އެދޭފަރާތުގެ މައުލޫމާތު އެ ހިދުމަތަކާއި ގުޅޭ ނަމްބަރަށް ހިއްސާ ކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އެގޮތުން ދިވެހި ޕާސްޕޯޓާއި ގުޅޭ ކަމެއްގައި ނަމަ 9555333 އަށް ވައިބަރ މެސެޖު ކުރެވޭނެއެވެ.
އަދި ވަރކް ވިޒާ އާއި ގުޅޭ ކަމެއްގައި ނަމަ 9199153 އަށް ވައިބަރ މެސެޖް ކުރެވޭނެއެވެ.
ޗުއްޓީ އާއި ދިމާކޮށް ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފުރުމަށްޓަކައި ޕާސްޕޯޓު ހެއްދުމަށް މަސައްކަތް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ