- Advertisement -ad image

ސަރުކާރު ބަންދަސް، އާދިއްތަ އަދި ހޯމައިގައި އައިޖީއެމްއެޗުގެ ސްޕެޝަލިސްޓުން ބަލާނެ

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ބޮޑު އީދު ބަންދާ ގުޅިގެން އަންނަ ހަފްތާގެ އާދިއްތަ، ހޯމަ ސަރުކާރު ބަންދުވި ނަމަވެސް އައިޖީއެމް ހޮސްޕިޓަކުގެ ސްޕެޝަލިސްޓު އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ބޮޑު އީދު ނިމެންދެން ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓު އޯޕީޑީ ހިދުމަތްތަކާއި ކްލިނިކަލް ހިދުމަތްތައް އާދިއްތަ އަދި ހޯމަ ދުވަހުގެ އިތުރުން އަންނަ މަހުގެ 1 ވާ ހޮނިހިރު ދުވަހު ވެސް ލިބޭނެ ކަމަށެވެ.
އެކަމަކު ހައްޖު ދުވަހާއި އީދު ދުވަހާއި ދެވަނަ އީދު ދުވަހު އެ ހިދުމަތްތައް ބަންދު ވާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑުނު ނަމަވެސް، އިމަޖެންސީގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ