- Advertisement -ad image

ނަޝީދަށް އެދެނީ ކާމިޔާބީއަށް، މިއީ ހިތާމަވެރި ދުވަހެއް: ފައްޔާޒު

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެދެނީ ކާމިޔާބަށް ކަމަށާއި މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވިވަޑައިގެން ސިޓީ ފޮނުވުމާއި ގުޅިގެން ފައްޔާޒު ވަނީ މިއަދު ޓުވީޓު ކުރައްވާފައެވެ.
ނަޝީދުގެ އިސްތިއުފާ ސިޓީ ރިޓްވީޓް ކުރައްވަމުން ފައްޔާޒު ވިދާޅުވީ އަމިއްލަފުޅު ހައިސިއްޔަތުންނާއި އެމްޑީޕީގެ ފަރާތުން ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއީ ހިތާމަވެރި ދުވަހެއް ނަމަވެސް، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަކީ ހުރިހާ ފަރާތްތަކުން ވެސް އެފަރާތެއް ބޭނުންވާ މަގުން ކުރިއަށް ދިއުމަށް ކޮށިގެންދާ މަގެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ރައީސް ނަޝީދު އަކީ ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމެއް އުފެދި ރިޔާސީ އިންތިހާބެއް ބާއްވާ އިންތިހާބު ކާމިޔާބުކޮށް އެންމެ ފުރަތަމަ ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅާއެވެ. އަދި އެމްޑީޕީ އުފެދިގެން މިއަދާ ހަމައަށް ނަޝީދު ވަނީ އެމްޑީޕއަށްވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ