- Advertisement -ad image

މިދުވަސްވަރު ހުމާއި ރޯގާ އިތުރުވެފައިވާތީ ސަމާލުވެގެން އުޅުމަށް އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މި ދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ފަދަ ބަލިތައް އިތުރުވާކަން ފާހަގަކޮށް، ޗުއްޓީ ދުވަސްވަރު މިފަދަ އާންމު ރޯގާތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ކުރިއަށް އޮތީ ޢީދު ބަންދާއި ސްކޫލު ބޮޑު ޗުއްޓީކަމުން މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މި ދުވަސްވަރު ޑެންގީއާއި އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އާންމުކޮށް އުޅޭ މިންވަރަށްވުރެ އިތުރުކަމަށް އެ އެޖެންސީގެ ތަފާތުހިސާބުތަކުން ދައްކާ ކަމަށް ވެސް ބުނެފައިވެއެވެ. އެެހެންކަމުން ގައިިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތުު ކުޑަކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާސްކު އަޅައިގެން އުޅުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ވެކްސިން ޖެހުމާއި ބަލިވެގެން ޑޮކްޓަރަށް ދައްކާއިިރު ބަލިމީހާއާއެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުމާއި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުން ނުދިއުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ