- Advertisement -ad image

ޕީޖީއާއި އޭޖީ ސީޕީ އަދި ހޯމް މިނިސްޓަރުވެސް ރައީސް އޮފީހަށް ހާޒިރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެއް ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހާޒިރުކޮށްފިއެވެ.
މި ހަތަރު ބޭފުޅުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މިހާރު އެ ހަތަރު ބޭފުޅުންވެސް ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންނެވި ވަގުތަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރުން ރައީސް އިބްރާހީމް މުޙައްމަދު ސާލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންނެވި ވަގުތެވެ.
ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ވިދާޅުވީ އެއްވަގުތެއްގައި މިހުރިހާ ބޭފުޅުން ރައީސް އޮފީހަށް ހާޒިރުކުރުމުން ކަންބޮޑުވާ ކަމަށާއި ރައީސް ސާލިހު ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ގެންދާ ދިއުން ކުށްވެރިކުރާ ކަމަށެވެ.
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ރ.ފުއްގިރިއާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް އަންނަ ޖުލައި މަހުގެ 2، 4، 6، 9، 11، އަދި 13 ވަނަ ދުވަހު ފުލުފުލުގައި ބާއްވަން ކުރިމިނަލް ކޯޓުންވަނީ ތާވަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ