- Advertisement -ad image

އަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުހެވޭ ކަމެއް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށާއި މިއީ ތަގުވާވެރިވުމާއި ކުރެވިފައިވާ ކުށް ފާފަތަކުން ތައުބާވުމުގެ ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ ‘ އަރަފާތު ދުވަހުގެ މާތްކަން ‘ މިއެވެ.
ހުތުބާގައި އަރަފާތު ދުވަހާއި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ވާހަކަ ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.
އެގޮތުން ހުތުބާގައި ބުނީ މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށެވެ. އެދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިވާ ހައްޖުވެރިންގެ ފާފަތައް މާތް الله ފުއްސަވާދެއްވާނެ ކަމަށާއި އެއީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަސް ކަމަށެވެ.
“ މާތް اللهގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް މިދުވަހުގެ ސަވާބުން މަހުރޫމެއް ނުވެއެވެ. ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވެއެވެ. އަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުހެވޭ ކަމެއް ކަމުގައި ރަސޫލާގެ ހަދީސުން ސާބިތުވެއެވެ “ ހުތުބާ

ހުތުބާގައި އިތުރަށް ބުނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު އަންނަ އީދު ދުވަހުގައި އެކަކު އަނެކަކަށް ޒިޔާރަތްކޮށް ތަހުނިޔާ ކިޔާ ދުވަހެވެ.
” އަންހެނުންގެ ތެރެއިން އީދު ނަމާދުގައި ބަައިވެރި ނުވެވޭ އުޒުރުވެރިން، އީދު ނަމާދު ކުރާ މައިދާނަށް ނިކުމެ އީދު ހުތުބާ އަޑުއެހުމަށް ރަސޫލާ ﷺ އަންގަވާފައިވޭ ” ހުތުބާ

މިއާއެކު މިއަދުގެ ޚުތުބާގައި ވަނީ ޢީދު ދުވަހު އުފާ ކުރުމާއި އުފާ ފައުޅުކުރުމަކީ އިސްލާމްދީން ހުއްދަ ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި، ޢީދު ކުޅިވަރުތައް ކުޅެ އުފާ ފައުޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރު ނުވާގޮތަށްކަން ހަނދާންކޮށްދީފައެވެ. އަދި ހަމައެހެންމެ، ތިމާގެ އަމިއްލަ ނަފްސަށާއި، އެހެން މީހުންނަށްވެސް ގެއްލުމާއި އުނދަގޫ ނުވާގޮތަށް، އާއްމު މަސްލަހަތަށްޓަކައި ހެދިފައިވާ ގާނޫނާއި، ގަވާއިދު ތަކާއިވެސް ޚިލާފްނުވާގޮތަށް ޢީދު އުފާ ފައުޅުކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ