- Advertisement -ad image

ހިތަދޫ ވަލުތެރެއިން ބަނގުރާ ކައްކާ އެއްޗެހިތަކެއް ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް


އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ހިތަދޫ ވަލުތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ހަތަރު ފުޅި ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މި އޮޕަރޭޝަނަކީ ކުރިއަށް މިއޮތް އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ