- Advertisement -ad image

ކެންދޫގައި ފުލުހަކު މީހުންގެ އަނބިން ކައިރިއަށް ވަންނަ މައްސަލަ ބޮޑުވެ އޭނާ ރަށުން ބާލަން ރައްޔިތުން ނިކުމެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ބ ކެންދޫގައި ފުލުހަކު މީހުންގެ އަނބިން ކައިރިއަށް ވަންނަ މައްސަލައެއް ބޮޑުވެ އޭނާ ރަށުން ބާލަން ރައްޔިތުން ނިކުމެއްޖެއެވެ.

ކެންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ކެންދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުވެރި ހުރި ފުލުހަކު މީހުންގެ އަނބިން ކައިރިއަށް ވަންނަ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. އެހެންވެ ރައްޔިތުން މިރޭ ނިކުތީ އެ ފުލުސްމީހާ ރަށުން ބާލަން ކަމަށެވެ.

މި ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެފައި ތިބި މީހުން ކޮންޓްރޯލް ކުރުމަށް އޭދަފުށީ ފުލުހުން ދަނީ މިވަގުތު ހަރަކާތްތެރިވަމުންނެވެ. ރައްޔިތުން ޑިމާންޑް ކުރަމުންދަނީ މި ފުލުސްމީހާ ވަގުތުން ރަށުން ބޭލުމަށް ނޫނީ ރައްޔިތުންނާ ހަވާލު ކުރުމަށް ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
“ މި ފުލުސްމީހާ މިކަމެއް ކުރާތާ ލައްކަ ދުވަސްވެއްޖެ. މީނާ މުޅިންހެން ވަންނަނީ ރިސޯޓްތަކުގައި އުޅޭ ފިރިހެނުންގެ އަނބިން ކައިރިއަށް. އަދި ރަށުގައި އުޅޭ ޒުވާން އަންހެން ކުދިންވެސް ހައްލަން މީނާ ވަރަށް މަސައްކަތްކުރޭ. މިކަން ހައްދުފަހަނަ އަޅާ ދިޔާމަ ރައްޔިތުން މިރޭ މިނިކުތީ “ ކެންދޫއިން ވާހަހަކަ ދެއްކި މީހަކު ބުންޏެވެ.
މި ކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

13 ޚިޔާލު

  1. ޓު ޕްރޮޓެކްޓު އެންޑު ސާރވްވެ ސާރވްގެ ބައި އެއީ. އެކަނިވެރިކޮށް ތިބޭ އަންހެންނުންނަށް ދެވޭ ބޮޑު ހިދުމަތެއް.

  2. މި ޚަބަރު ލިޔުނު ޒައިނާ ހަމަ ފޮނިބޮޑީ. ވާނުވާ ނޭނގެނީ. ފުލުހުންގެ ނަން ހެޑްލައިންގައި ޖަހައިގެން މާމޮޅު ކަމަކަށް ހަދައިގެން ނޫސް ހިންގަން ކަލޭތިއުޅެނީ. މީހަކާ އިނދެގެން ހުރެ ފުލުސް މީހާއަށް ދައުވަތުދީގެން ގެންދާ އަންހެން މީހާގެ ވާހަކަ ވެސް ލިޔެބަލަ. އަންހެން މީހާ މާ ނުބައެއްނު ހަގީގަތުގައި. ހިތުން މާ މޮޅު ނޫސްވެރި އެކޯ. ލޮލް

  3. ޕޮލިސް މީހާ އެކަނި ކީއްވެގެންތަ ކުއްވެރިވަނީ، އެމީހާ ވަނީ ފެންލައިޓް އިންްތަ، ދޮރުގެ ތަޅުހަލާކޮ ކޮއްލައިގެންތަ، ނޫނީ ފުރާޅުން ޓިނުނަގައިގެންތަ، މީހުންގެ އަބިން ގާތައް އަންހެންމީހާގެ ރުހުމާ ނުލާ ވަދެވޭނެ އެހެން ގޮތެއްނެއް. އަންހެން މީހާ ރުހުމުގައި އެމީހާ ކައިރިއަށް ވަންކަމުގައި ވާނަމަ އެއީ އެއަންހެނެއް ގެ ހުރި ގޯސްކަން. ނޫނީ ފިރިމީހާގެ ޒިންމާ ރަގަޅަށް އަދާ ނުކުރެވެނީ.

  4. ކޮމެންޓް ކުރީމަ ކޮމެންޓް ޕޯސްޓް ކުރަން ނުކެރެނީ ބަޔަކަށް ބަޢީއަތު ހިފައިގެން ވަކި ބަޔަކު ބޭނުންވާ ބައި ހިމަނައިގެން ލިޔެފައިވާ ހަބަރަކަށް ވާތީތޯ؟ ނޫހޭ ކިޔައި މުދި ހިންގަންވީ ނޫންތޯ؟ ހުއްޓާލާ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ