- Advertisement -ad image

30 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސްފި

ad image

ގުޅުންހުރި ލިޔުންތައް


30 މީހުންނާއެކު ނ. އަތޮޅު ވެލިދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ 30 މީހުންނާއެކު މާލެއިން ފުރައިގެން ނ.ވެލިދޫއަށް ދަތުރުކުރަމުންދިޔަ “ލީޖަން 7” ނަމަކަށްކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށްދިއުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ލޯންޗަށް ރާޅު އަރާފައިވަނީ ނ.ރަންދެލި ރިސޯޓު ކައިރިން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އަދި ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައި ކަމަށާއި އަދި، ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ