- Advertisement -ad image

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެކަމާމެދު މިހާރުވެސް ސުވާލު އުފެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތުން މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވިދާނެކަމާމެދު ސުވާލު އުފެދޭކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

އިދިކޮޅު 5 ޕާޓީއަކުން ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ޕީޕީއެމް، އެމްއާރުއެމް، އެމްއެންޕީ، ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސްއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން މިހާރު ފެންނަމުންދާ އަމަލުތަކަށް ބަލާއިރު، އެ ކޮމިޝަނާއި ދޭތެރޭ އިތުބާރެއް ނެތްކަމަށެވެ. އެގޮތުން ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ކުރާ މަސައްކަތަށްވެސް އިލެކްޝަންސްއިން ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ހަސަން ލަތީފް ތުހުމަތުކުރެއްވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރައްވަނީ ޒިންމާދާރުކަމެއް ނެތިކަމަށް ތުހުމަތުކުރައްވާފައެެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިކަމާއި މިނިވަންކަމާއެކު ބޭއްވިދާނެކަމާމެދު މިހާރު ސުވާލު އުފެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާއި މެދު އޮތް ކަންބޮޑުވުންތައް ހައްލުތައް ހޯއްދަވަން މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ޕާޓީތަކުން ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި އެހެން މުއައްސަސާތައްވެސް ޒިންމާދާރުކުރުވަން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ