- Advertisement -ad image

ވުޖޫދުގައި ވެސް ނެތް ގޯތިތައް 10،000 މީހުންނަށް ދޭނެ ކަމަށް ސަރުކާރުން ބުނެފި

ad image

ގުޅުންހުރި ލިޔުންތައް


ބިންވެރިޔާ ޕްރޮގުރާމުގެ ފުރަތަމަ މަރުހަލާގައި 10،314 މީހުންނަށް ވުޖޫދުގައި ނެތް ގޯތިތަކެއް ދޭން ސަރުކާރުން ބުނެފިއެވެ.
ފުރަމާލެއިން ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ސަރުކާރުން މިހާރު ވަނީ ޢާއްމުކޮށްފައެވެ.
ފްލެޓާއި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީޙުގައި ބޭއްވި ބައްދަލުވުމުގައި އެ މަސައްކަތްކުރިއަށްގެންދާ ކޮމިޓީން ބުނީ، ބިންވެރިޔާ ޕްރޮގްރާމްގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 19858 މީހުން ޝަރުތު ހަމަވާކަމަށްވެސް އެ ކޮމިޓީން ބުންޏެވެ. މީގެތެރެއިން މިފަހަރު ދޫކުރާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ބުންޏެވެ.
އަދި ޝަރުތު ހަމަވާ 19858 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ބުނެއެވެ.
މިފަހަރު ދޫކުރާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ދެވަނަ ދައުރެއްގެ ބޭނުމުގަ ރައްޔިތުން މޮޔަހައްދަން އުޅޭނެ ކަމެއްނެތް ރައްޔިތުން ތިބީ ވަރަށް ރަނގަޅަށް ހޭލާ. އިރާދަކުރެއްވިއްޔާ ލަދުވެތި ގޮތަކަށް ބަލިކޮށްލާނަން .ދެވަނަ ދައުރެއް އިބުރާހިމަށް ހުވަފެނުންވެސް ދައްކާ ނުލާނަން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ