- Advertisement -ad image

އަހަރުމެން އީދު ފާހަގަ ކުރަންވާނީ އެހެންމީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެނެއްނޫން: އީދު ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އިސްލާމްދީނުގައި އީދު ފާހަގަ ކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫން ކަމަށާއި އެއީ الله ގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފިއެވެ.
މިއަދަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ.
މިއަދު ދިން އަޟްހާ އީދު ހުތުބާގައި ބުނީ އިސްލާމްދީނުގައި އީދުތަކަކީ الله ގެ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއް ކަމަށެވެ. އަޟްހާ އީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާއި އެއީ ޒަމާންތަކާއެކު ތާއަބަދަށް ދެމިގެންދަނިވި މަތިވެރި ޒިކުރާތަކަކާއި ގުޅިފައިވާ އީދެއް ކަމަށެވެ.
“ މާތް الله މުސްލިމުންނަށް ގޮވާލައްވަނީ އެކަލާނގެ ގެފުޅަށް ޒިޔާރަތް ކުރުމަށެވެ. މާތް الله އެ ބަރަކާތްތެރި ހަރަމްފުޅު ލައްވާފައިވަނީ ސަވާބު ލިބިގަތުމުގެ ތަނެއް ކަމުގައްޔާ އަމާންކަން ލިބިގެންވާ ތަނެއް ކަމުގައެވެ. ހައްޖުގެ ރުކުންތަކުގެ ތެރެއިން އަރަފާތުގައި ހުރުމަކީ މުސްލިމުންގެ އެއްބައިވަންތަ ކަމާއި އުހުވަތްތެރިކަން ހާމަކޮށްދޭ ރުކުނެކެވެ “ ހުތުބާ
ހުތުބާގައި އިތުރަށް ބުނީ އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ނަމަވެސް މިއުފާ ފާޅުކުރަންވާނީ الله ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމަށެވެ.
“ ކުޅިވަރު ކުޅުމާއި، އުފާކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެކެވެ. އަހަރުމެން އީދު ފާހަގަކުރަންވާނީ އެހެންމީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެނެއް ނޫނެވެ “ ހުތުބާ
ހުތުބާގައި އިތުރަށް ބުނީ މާތް الله ހައްޖާއި އީދު ޝަރުއު ކުރެއްވީ މިއުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށްޓަކައި ކަމަށެވެ. އަދި އެކެއްގެ ކެކުޅުންތައް އަނެކަކު ބަރުދާސްތުކޮށް އެންމެން އެކަށިގަނޑަކަށް ވުމަށްޓަކައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ