- Advertisement -ad image

ދިވެހި ޙައްޖުވެރިން އެނބުރި އަންނަން ފަށާނީ ޖުލައި 7 އިން ފެށިގެން

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށެވެ. އެގޮތުން ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނާނީ 6 ފްލައިޓެއްގައެވެ.
އެންމެ ފުރަތަމަ 2 ފްލައިޓް އޮތީ ޖުލައި 7 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަލްމަނާސިކާއި ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެވެ. 3 ވަނަ ފްލައިޓުން ޖުލައި 10 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ގްރޫޕެކެވެ.
މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ. ރާއްޖޭން ދެން ޙައްޖަށް މީހުން ގެންދިޔަ ގްރޫޕްތަކަކީ، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ