- Advertisement -ad image

ދެބައޮޑުވަމުން، ދޭތެރެޖައްސަމުން ހިނގުމާއި، މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ އަޒާބުލިބޭނެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ދެބައޮޑުވަމުން، ދޭތެރެޖައްސަމުން ހިނގުމާއި، މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ އަޒާބުލިބޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ދުލުގެ އާފާތްތައް މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނީ އީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށާއި، ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި ޢައިބެއްގެ ވާހަކަދެއްކުން ކަމަށެވެ. އަދި ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ ނުބައިވެގެންވާ ފާފައެއް ކަމަށެވެ.
“ ތިޔަބައިމީހުން ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަފަށާދަ ފެތުރުމާއި ދުރުހެލިވާށެވެ! ކަށްވަޅުގައި އަޒާބުލިބޭ އަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނެއެވެ “ހުތުބާ
ހުތުބާގައި އިތުރަށް ބުނީ މުސްލިމުންގެ އީބަ ބުނެ ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ގިޔާމަތް ދުވަހުން އެމީހުން ކޮށް އުޅުނު ފާފަތަކާއި އެއްފަދަ އަޒާބުދެއްވާނެ ކަމަށެވެ.
“ ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގުހެކި ދިނުމާއި ދޮގު ހުވާ ކުރުން ހިމެނެއެވެ. الله ގެ ހަސްރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވެއެވެ “ ހުތުބާ
އިތުރަށް ހުތުބާގައި ބުނީ ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. އެގޮތުން ގާޟީއަށް ހައްގުއޮޅި، ބާތިލަކީ ހައްގުކަމުގައި ހީވުމާއި، އޭގެ ސަބަބުން ކުށެއް ނެތްމީހުންނަށް ހައްގަކާއި ނުލާ އަނިޔާ ލިބުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ