- Advertisement -ad image

އިތުރު ޙައްޖުވެރިއަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއިން ޙައްޖަށްދިޔަ އިތުރު ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ދ.މާއެނބޫދޫ، ފިޔާތޮށިގޭ، ޢުމުރުން 72 އަހަރުގެ ޢަލީ ޙަސަން ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވީ ސަޢުދީގެ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެގަޑިން ރޭ އިރުއޮއްސި 18:17 ހާއިރުކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޢަލީ ޙަސަން އަކީ، ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ ތެރެއިން ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންއައި ދެމީހުންގެ ތެރެއިން އެކަކެވެ.

އަލް ޙަރަމައިން ޙައްޖު ގްރޫޕްގެ ޙަވާލުގައި ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިއަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ރ. މާކުރަތު މަލަ، އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމް ޢަލީއެވެ. މުޙައްމަދު ނަސީމް ޢަލީ ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ބުރާސްފަތި ދުވަހުގެރޭ ދަންވަރު 1:55 ހާއިރުކަމަށެވެ. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ