- Advertisement -ad image

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިއަދު

ad image

ގުޅުންހުރި ލިޔުންތައް


އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކޮށްފިއެވެ.
ފުއްގިރި މައްސަލައިގެ އަޑު އެހުން އޮންނާނީ މިއަދު ހެނދުނު 9:00 ގައެވެ. މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ޖޫންމަހު 20 ވަނަ ދުވަހަށް ތާވަލް ކުރުމުން އެ އަޑުއެހުން ކެންސަލް ކުރީ އެމައްސަލައިގައި ދެން ދައުވާ ކުރާ މއ. ކުރިކީލަހިޔާ އަހުމަދު ކުރި ރިޒާ ބަލިވެ އުޅޭތީއެވެ.
މި މައްސަލައިގައި ހެކިބަސް ނެގުން ކުރިއަށްގެންދާއިރު، އީދު ބަންދަށް ދިއުމުގެ ކުރިންވެސް އަޑުއެހުންތަކެއް ވަނީ ފުލުފުލުގައި ކުރިއަށް ގެންގޮސްފައެވެ. އަދި އީދު ބަންދަށްފަހު މިއަދުން ފެށިގެންވެސް ޖެހިޖެހިގެން ހެކިބަސް ނެގުމަށް އަޑުއެހުންތައް ތާވަލު ކޮށްފައިވެއެވެ. އެގޮތުން މިމަހު 4 ވަނަ ދުވަހަށްވެސް ވަނީ އަޑުއެހުމެއް ތާވަލްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ މިގޮތަށް ކޮންމެ ހަފްތާއަކު ވެސް ތާވަލް ކުރަމުން ގެންދާތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ވެސް ވަނީ ހުރަސް އެޅިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ