“ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.
ދަ ޑިމޮކްރަޓިކްސް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފައިމިވަނީ އެ ހުއްދަ ދިނުން ލަސްވާތީ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. ދަ ޑިމޮކްރަޓިކްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީއެކެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށައެޅީ 3،565 މެންބަރުންގެ ފޯމާ އެކުގައެވެ. އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އޭގެތެރޭގައި 3000 އަށްވުރެ ގިނަ ސައްހަ ފޯމް އެބަހުރިކަމަށެވެ. އަދި މައްސަލަ އުޅޭ ފޯމްތަކުގައިވެސް ހުރީ ކުދިކުދި މައްސަލަކަން ފުއާދު ފާހަގަކުރެއްވިއެވެ.



