- Advertisement -ad image

އިސްލާމް ދީނާއި ގައުމާ މެދު އެއް ވިސްނުމެއް ނެތިއްޔާ ދައްކާނެ ވާހަކައެއް ނޯންނާނެ: އަލީ ރަމީޒް

ad image

ގުޅުންހުރި ލިޔުންތައް


އިސްލާމް ދީނާއި ދިވެހި ގައުމާ މެދު އެއް ވިސްނުމެއް ނެތިއްޔާ އެއް މޭޒެއްގެ ދޮށުގައި ދައްކާނެ އެއްވެސް ވާހަކައެއް ނުހުންނާނެ ކަމަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވަނީ އެފަދަ މީހުންގެ ކިބައިން ބަރީއަވުމަށް އެދިވަޑައިގެންފައެވެ.
އަލީ ރަމީޒު މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ ދަ ޑިމޮކްރަޓެސްގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެ ޕާޓީއާއެކު އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތްކުރާނަމަ، އެ ޕާޓީއަކަށް “އިންޑިއާ އައުޓް” ފަދަ ޝިއާރުތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގޭނެކަމަށް ވިދާޅުވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލާ “އިންޑިއާ އައުޓް” ހަރަކާތް ހިންގަމުން އަންނަ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއެކު ސިލްސިލާ ގޮތެއްގައި ޑިމޮކްރެޓްސްއިން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެކެއްގެ ވެސް އެކަމެއް ނެތެއް ނޫންތޯ؟ ގައުމު ދީނާ ގާތަށް ގެންދަން މަސައްކަތްކުރާ މީހެއްގެ ފަހަތަށް އަރުއްވާ. ޑްރަގު ހުއްޓުވާނެ ކަމަށް ބުނާ މީހެއްގެ ފަހަތަށް އަރުއްވާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ