- Advertisement -ad image

އެއްމޭޒެއްގައި މަޝްވަރާ ކުރަން ފެށިއިރުވެސް ޕީޕީއެމުން އިންޑިއާ އައުޓު ގޮވާ: މުހައްމަދު އިސްމާއިލް

ad image

ގުޅުންހުރި ލިޔުންތައް


ދަ ޑިމޮކްރެޓްސް އިން އެއްމޭޒެއްގައި މަޝްވަރާ ފެށިއިރުވެސް ޕީޕީއެމުން އިންޑިއާ އައުޓު ގޮވާ ކަމަށް ޕީޕީއެމް ހަރަކާތު ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްއާއެކު މަސްވަރާގެ މޭޒަށްއެރިއިރުވެސް އިންޑިޔާ އައުޓް ހަރަކާތަކީ ސާފްކޮން ފެންނާންހުރި ކަންކަން ކަމަށެވެ.
އަދި ޕީޕީއެމް އިސްވެ އޮވެ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގައި އެއްބަސްވެވޭ އެއްބަސްވުންތައް ވާންވާނީ ޕީޕީއެމްގެ އަސާސްތައް ގެއްލިނުދާނެފަދަ އެއްބަސްވުންތަކަކަށް ކަމަށެވެ.
“ އިންޑިއާ އައުޓް ހަރަކާތްތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ގެއްލި ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތްކަމެއް ކަމަށް ޕީޕީއެމްއަށް ގަބޫލްކުރެވޭތީ ކުރިއަށް ގެންދާ ހަރަކާތެއް” މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މި ވެރިކަން ބަދަލުކުރުމަށް އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް ހޯދުމަށް ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ބައްދަލުވުންތަކެއް ދަނީ ބާއްވަމުންނެވެ.
ނަމަވެސް ދަ ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފު ވިދާޅުވީ ދޭދޭ ގައުމުތަކާއި އޮންނަ ގުޅުމަށް ބުރޫއަރާގޮތަށް ހިންގާ އެއްވެސް ހަރަކާތަކަށް އެ ޕާޓީން ތަރުހީބު ނުދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ