- Advertisement -ad image

ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި 32 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ހުޅުމާލެ ގެނެސްދީފި

ad image

ގުޅުންހުރި ލިޔުންތައް


ނ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެ، އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ހުޅުމާލެ ގެނެސްދީފިއެވެ.

“ފަހި ރޯދި” ނަމަކަށް ކިޔާ މި ދޯނި، މާލެ އަތޮޅު މަކުނުދޫ ރިސޯޓު ކައިރިން ތެޔޮ ހުސްވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:00 ހާއިރެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން އެ ސަރަހައްދަށް ދިޔައެވެ.

މިގޮތުން ޖުމްލަ 32 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނި އޮތް ސަރަހައްދަށް، ކޯސްޓްގާޑް ނޫރައްދީން ދެވުމުން، އެ ދޯނީގައި ތިބި 12 ކުޑަކުދިންނާއި، ހަތް އަންހެނުންނާއި، ތިން ފިރިހެނުން ކޯސްޓްގާޑް ނޫރައްދީންއަށް ނަގައި، ރޭ 10:45 ހާއިރު އެމީހުން ވަނީ ހުޅުމާލެއަށް ގެނެސްދީފައެވެ. ބާކީ 10 މީހުން ވަނީ ދޯނީގައި މަޑުކޮށްފައެވެ.

މި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ