- Advertisement -ad image

ގޯތި ލިސްޓަށް 600 ޝަކުވާ ހުށަހެޅިއިރުވެސް ލިސްޓަށް ބަދަލު އަންނަފަދަ ޝަކުވާއެއް ނެތޯ!

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓަށް މިހާތަނަށް ހުށައަޅާފައިވާ ޝަކުވާތަކުގައި، ވަގުތީ ލިސްޓަށް ބަދަލު އަންނަށް ފަދަ އެއްވެސް ޝަކުވާއެއް ނެތް ކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމިޓީން ބުނެފިއެވެ.
އެކޮމިޓީން މިހެން ބުނެފައިވާއިރު ހިލޭ ގޯތި ލިބޭ މީހުންގެ ލިސްޓްގައި ތިބީ މާލޭގައި ބޮޑެތި ގެއާއި ވިޔަފާރިތައް ހިންގަމުންދާ ބޮޑެތި މަހުޖަނުންނެވެ.
ހިލޭ ގޯތި ލިބޭ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 15 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 600 އެއްހާ ޝަކުވާ ލިބިފައިވާކަމަށް ކޮމެޓީން ބުނެއެވެ.
ނަމަވެސް މި 600 ޝަކުވާގެ ތެރޭގައިވެސް ވަގުތީ ލިސްޓަށް އެއްވެސް ބަދަލެއް އަންނަ ފަދަ އެއްވެސް ޝަކުވާއެއް ނެތް ކަމަށް ކޮމިޓީން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ