- Advertisement -ad image

8 މީހުނާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލެއިން ފުރައިގެން މަހިބަދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން އދ މަހިބަދޫއަށް ދަތުރު ކުރަމުންދިޔަ ރިކާރޑޯ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު މިރޭ ލިބުނު ކަމަށެވެ.
އަދި މި ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ އަލި ހުރަސް ކަނޑަށް ކަމަށާއި އދ ގެ ޕޮލިސް ލޯންޗް އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި 8 މީހުން ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށެވެ.
މިއެންމެންގެވެސް ހާލު ރަނގަޅު ކަމަށާއި އެމީހުން މަހިބަދޫއަށް ގެންދިއުމަށް ދަނީ ދަތުރު ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ރިކާރޑޯ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މެޓް އޮފީހުން މިހާރުވެސް ވަނީ މިރޭ 22:00 ޖެހުމާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ