- Advertisement -ad image

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނެ: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައި ދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެގެން ކަމަށެވެ.
އަދި ރައީސް ޔާމީން ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަ ގަބޫލެއް ނުކުރާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
“ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ.ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައި ދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެގެން.އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ “ އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ކެންޑިޑޭޓު ރައީސް ޔާމީން މިވަގުތުވެސް ހުންނެވީ ޖަލުގައެވެ. ނަމަވެސް ޕީޕީއެމުން ވަނީ ރައީސް ޔާމީން 2023 ކެމްޕޭންގެ ޚާއްސަ ހަރަކާތް މާލެ ސަރަހައްދުގެ ދޮރުން ދޮރަށް ހިނގަން ވެސް ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ