- Advertisement -ad image

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޕީޕީއެމުން އެމްއެންޕީއާއެކު މަޝްވަރާ ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ އާއެކު ޕްރޮގްރެސިވް ކޯލިޝަން މަޝްވަރާތައް ފަށައިފިއެވެ.
އެގޮތުން ދެ ޕާޓީން ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުން ވަނީ ބުރާސްފަތި ދުވަހުގެރޭ ބާއްވާފަ އެވެ.
އެމްއެންޕީން ބުނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އަދި ގައުމީ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެދުމަކަށް އެޕާޓީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.


މި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ އިތުރުން ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމާއި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއެންޕީގެ ފަރާތުން ޕާޓީގެ ނައިބުރައީސް އަދި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއެކު އިތުރު ދެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ