- Advertisement -ad image

އިންސާނާ ލާ ފޭރާމުގެ ސަބަބުން އޭނާ ކަންދެއްކުމާއި ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އިންސާނާ ސާފުތާހިރުވުމަށްޓަކައި، ސާފު ރީތި ފޭރާންލުމަކީ، މުހިންމު ކަމެއް ކަމަށާއި އެހެންނަމަވެސް އެފޭރާމުގެ ސަބަބުން އޭނާ ކަން ދެއްކުމާއި ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ “ އިސްލާމްދީނަކީ ސާފުތާހިރު ކަމުގެ ދީން “ މިއެވެ.
ހުތުބާގައި ބުނީ މުސްލިމުން މާތް الله އަށްޓަކައި އަދާކުރަންޖެހޭ އަޅުކަމުގައި ސާފުތާހިރުވެ ހުރުމަކީ ޝަރުތުކުރެވިގެންވާ ކަމެއް ކަމަށާއި އަޅުކަމަކީ އިންސާނާ އަށް ރޫހާނީ ސާފުތާހިރުކަމެއް ގެނެސްދޭ ކަމެއް ކަމަށެވެ.
އަޅުކަންކުރާ ތަންތަނަށް ވަންނަ އިރުގައްޔާއި އަޅުކަމުގައި ސާފުތާހިރުވުމަކީ ކީރިތި ގުރުއާނުގައި އަމްރު ކުރައްވާފައިވާ ކަމެކެވެ. މާތްالله ވަހީކުރައްވާފައިވެއެވެ.
“ އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ “ .
ހުތުބާގައި އިތުރަށް ބުނީ މާތްالله އަށްޓަކައި މުސްލިމުން އަދާކުރަންޖެހޭ އަޅުކަން ޞައްޙަވާނީ ދެޙަދަޘުން ޠާހިރުވެ ، ސާފުތާހިރުކަންމަތީ ހުރެ އެއަޅުކަން އަދާކުރުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ