- Advertisement -ad image

ރައީސް ޔާމީނުގެ ރިޔާސީ ކެމްޕެއިން ހަތަރު އަތޮޅެއްގައި ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ކެމްޕެއިން ހަތަރު އަތޮޅެއްގައި މިއަދު ފަށައިފިއެވެ.
އިދިކޮޅުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަށާފައިވަނީ ނ، ރ، ބ، އަދި ޅ އަތޮޅުގައި ރައީސް ޔާމީނަށް ކެމްޕެއިންކުރުމުގެ މަސައްކަތެވެ.
އެ ޕާޓީން ބުނީ މިފަހަރުގެ ކެމްޕެއިން ތަފާތުވާ ގޮތަކީ ދާއިރާތަކުގެ މެންބަރުންގެ އަތްމައްޗަށް ބޮޑެތި ބާރުތަކެއް ދޫކޮށްލައިގެން ލާމަރުކަޒީ ގޮތެއްގައި ކެމްޕެއިން ކުރާތީ ކަމަށެވެ.
އަތޮޅު ތެރެއިން ރައީސް ޔާމީނުގެ ކެމްޕެއިން ރަސްމީކޮށް ފުރަތަމަ ފަށައިގަންނަ 4 އަތޮޅަކީ ނ، ރ، ބ، އަދި ޅ އަތޮޅުކަމަށްވީ ނަމަވެސް ކުރިއަށް އޮތް ހަފުތާއެއްހައި ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް އިދިކޮޅު އިއްތިހާދުން ބުނެއެވެ.
މިއަދު ހަތަރު އަތޮޅެއްގައި ރައީސް ޔާމީނުގެ ކެމްޕެއިން ހަރަކާތްތައް ފަށައިގަނެފައިވީ ނަމަވެސް، އޭގެ ކުރިން މާލެ ސަރަހައްދުގައި އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ފަށައިގަނެ، ގޭބީސީތަކަށް ޒިޔާރާތްކުރުމުގެ މަސައްކަތް ޕީޕީއެމުންވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ