- Advertisement -ad image

ހައްޔަރު ކުރިއިރު ކައިރީގައި ކުޑަ ކުއްޖަކު ނެތް: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާ ތެރެއިން ސައިކަލެއްގައި ކުޑަ ކުއްޖަކު ގޮވައިގެން ދިޔަ މީހަކަށް އަނިޔާކޮށް އޭނާ ހައްޔަރުކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފުލުހުން އެކަން ދޮގުކޮށްފި އެވެ.
އިދިކޮޅު ސަޕޯޓަރުން ބޮޑުތަކުރުފާނު މަގުން ބައެއް ބަންދުކޮށް އިއްޔެ އިހުތިޖާޖު ކުރަނިކޮށް އެ ސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދިޔަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެމީހާ ވަރަށް އަނިޔާވެރިކޮށް ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ. އޭނާ ހައްޔަރު ކުރުމުން ކުޑަ ފިރިހެން ކުއްޖާ އެތަނުން ގެންދިޔައީ އެހެން ބައެކެވެ.

މިމައްސަލާގައި ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރި އިހްތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫން ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ސަފަކަށް އެތުރު ތިބި ފުލުހުން ކުރިމައްޗަށް އަރާ ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލި މައްސަލައާއި ގުޅިގެން ކަމަށެވެ.
އަދި ހައްޔަރު ކުރި ވަގުތު އެމީހާ ކައިރީ ކުޑަކުއްޖަކުވެސް ނެތް ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ