- Advertisement -ad image

ރައީސް ސާލިހުގެ ދަތުރުފުޅާ ދިމާކޮށް ފޯކައިދޫގައި މުޒާހަރާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ށ.ފޯކައިދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ.

އެރަށުގެ ގިނަ ބަޔަކު ވަނީ، ޕީޕީއެމްހެ ދިދަ އާއިއެކުގައި އެއްވެ، އިދިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައި އަޑު އުފުލައިފައެވެ. ނަމަވެސް ފުލުހުން ވަނީ މި އެއްވުމަށް ހުރަސް އަޅައިފައެވެ.

ރައީސް ޔާމީނަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ރައީސް ޔާމީން މިނިވަންވެވަޑައިގެން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ