- Advertisement -ad image

ރިޔާސީ އިންތިހާބުގައި ޖުމުލަ 604 ވޯޓުފޮށި ބަހައްޓާނެ: އީސީ

ad image

ގުޅުންހުރި ލިޔުންތައް


ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި މާލޭ ރައްޔިތުން ވޯޓުލުމަށް 61 ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މާލެ ސިޓީގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް 71 ފޮށި ބަހައްޓާއިރު، ހުޅުމާލެ ފޭސް 1 ގައި މާލެ ސިޓީގެ ރައްޔިތުންނަށް 6 ފޮށި، ހުޅުމާލެ ފޭސް 1 އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް 2 މާލެ ސިޓީ ރައްޔިތުންނަށް 1 ފޮށި އަދި ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި ބަހައްޓާގޮތަށް ވަނީ ނިންމާފައެވެ.
ވިލިމާލެ ، މާލޭސިޓީ ރައްޔިތުންނަށް 6 ފޮށި، ވިލިމާލެ ، އަތޮޅުތަކުގެ ރައްޔިތުންނަށް 4 ފޮށި އަދި އަތޮޅުތަކުގައި 319 ފޮށި ބަހައްޓާއިރު ރިސޯޓްތަކުގައި 78 ފޮށި މި އިންތިހާބުގައި ބައްޓާނެއެވެ.
މީގެ އިތުރުން މާފުށީ ޖަލުގައި 2، އައްސޭރި ޖަލުގައި 1، ހުޅުމާލެ ޖަލުގައި 1، ދޫނިދޫގައި 1، ހުޅުލޭގައި 1، ތިލަފުށީގައި 1، އިންޑިޔާގެ ޓްރިވެންޑްރަމްގައި 1، އިންޑިޔާގެ ނިވްދިއްލާގައި 1، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2، ސިންގަޕޫރުގައި 1، ސްރީލަންކާ ކޮލަމްބޯ ގައި 4
‏އިނގިރޭސި ވިލާތް ލަންޑަން ގައި 1، ތައިލެންޑް ބެންކޮކް ގައި 1، ޢަރަބި ޢިމާރާތް އަބޫދާބީގައި 1 ޖަޕާން ޓޯކިޔޯ ގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.
އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މިރޭ އީސީ އިން އިޢުލާން ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ