- Advertisement -ad image

އެމްޑީޕީއަށް ކެމްޕެއިން ކުރުމަށް ރައީސް ސާލިހު ބޭނުންކުރެއްވީ ދައުލަތުގެ އުޅަނދުތައް: އުޝާމް

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަމަށް އެރީއްސުރެ މިހާތަނަށް ބޭއްވުނު ހުރިހާ އިންތިހާބެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕއަށް ކެމްޕެއިން ކުރެއްވުަމށް ބޭނުންކުރެއްވީ ދައުލަތުގެ އުޅަނދުތައް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އަތޮޅުތަކަށް ދަތުރުތައްފަށްޓަވާފައިވާއިރު، ރައީސް ސާލިހު ދަތުރު ކުރެއްވުމަށް އެމްޑީޕީއިން އަގުބޮޑު ޔޮޓެއް ހަމަޖެއްސުމުން މިސަރުކާރުގެ އެކްޓިވިސްޓުން ދަނީ ރައީސަށް ތައުރީފު ކުރައްވަމުންނެވެ.
މިކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި އުޝާމު ވިދާަޅުވީ، މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު އަދި ބައިއިލެކްޝަންތަކަށް ރައީސް ސޯލިހުގެ ޕާޓީންވެސް ބޭނުންކުރީ ދައުލަތުގެ އުޅަނދުތައް ކަމަށެވެ.
ރައީސް އިބްރާހީމް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި ބޭނުން ކުރައްވަން އެމްޑީޕީއިން 40 މިލިއަން ރުފިޔާގެ އަގުބޮޑު ޔޮޓެއް ވަނީ ހަމަޖައްސައިފައެވެ.
“މެޖިކް ލޭންޑު” ނަމަކަށް ކިޔާ ސިރެނާ 64 މަރުކާގެ މި ޔޮޓު ށ.ކޮމަންޑޫއަށް ބަނދަރުކޮށްފައިވާއިރު މިއީ އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ޔޮޓެކެވެ. މި ޔޮޓުގެ އަގަކީ 2.5 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޔޮޓު ހަމަޖެއްސީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ރާއްޖޭގެ ތާރީހުގައިވެސް އަދި ރިޔާސީ ކެނޑިޑޭޓަކު މިހާ އަގު ބޮޑު ޔޮޓެއް ބޭނުން ކުރައްވާފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ