- Advertisement -ad image

ކޮމިޓީތައް އެކުލަވާލަން ފާސްވީ އެމްޑީޕީން ބޭނުންވި ގޮތަށް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ދާއިމީ ކޮމެޓީތައް އެކުލަވާފައިވާ ގޮތް ބަދަލު ކުރަން މިއަދު ފާސްކޮށްފިއެވެ.

މިގޮތައް ފާސްކޮށްފައިވަނީ މަޖިލީހުގައި މެންބަރުން ޕާޓީތައް ތަމްސީލު ކުރަމުން އައިގޮތަށް ބޮޑު ބަދަލުތަކެއް އައިސްފައިވާތީ، ކޮމެޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމަންޓަރީ ގްރޫޕުން ހުށަހެޅުމުންނެވެ.
މަޖިލީހުގައި މެންބަރުން ތަމްސީލްކުރަމުން އައިގޮތައް ބޮޑު ބަދަލެއް އައިސްފައިވާއިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން 13 މެންބަރަކު ވަނީ ވަކިވެފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިސްދޫ ދާއިރާއަށް އިންތިޚާބުވި ޢަލީ ހަމީދާއި، ނިލަންދޫ ދާއިރާގެ މިނިވަން މެންބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) ވަނީ އެމްޑީޕީއާ ގުޅިފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ހުށަހެޅުމާމެދު ކޮމެޓީ ރިޕޯޓަށް ގޮތް ނިންމަން މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާއެއް ބާއްވާފައެވެ.

މި ޖަލްސާގައި ވަނީ ކޮމިޓީތައް އެކުލަވާލުމަށް ކޮމެޓީ ރިޕޯޓުގައި އޮތް ފުރަތަމަ ހުށައެޅުން ފާސްކޮށްފަ އެވެ. އެ ހުށަހެޅުމަކީ އެމްޑީޕީން ހުށަހެޅި ހުށަހެޅުމެވެ. މިގޮތައް ފާސްކޮށްފައި ވަނީ ޖުމްލަ 35 މެންބަރުންގެ ވޯޓާއެކުއެވެ. އެމްޑީޕީގެ ހުށަހެޅުމާ ދެކޮޅަށް 14 މެންބަރަކު ވޯޓު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ