- Advertisement -ad image

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަށާފައިވާކަމަށް ޕީޕީއެމުން ބުނެފި އެވެ.
އެގޮތުން މިކަމާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކެމްޕެއިން ހަރަކާތްތަކުގެ ތެރޭގައި ދޮރުން ދޮރަށް ހިނގުން ފަދަ ހަރަކާތްތައް ހިމެނޭ ކަމަށެވެ.
ދޮރުންދޮރަށް ހިނގުން އަދި ފެށިފައިވަނީ 16 އަތޮޅެއްގައި ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށާފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަމަށް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
އަދި މާލޭގައި މިހާރު މައިގަނޑު ގޮތެއްގައި ގެންދާ ހަރަކާތަކީ ދޮރުން ދޮރަށް ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް ޔާމިނުގެ ކެމްޕޭނާއި ގުޅޭގޮތުން ޕީޕީއެމުން ބުނެފައިވަނީ އާދިއްތަ ދުވަހު މ، ފ، ދ، ތ އަދި ލ ގައި ރައީސް ޔާމީނުގެ ކެމްޕެއިން ފަށާފައިވާ ކަމަށެވެ. އަދި އެ ކެމްޕެއިންތައް ފަށާފައިވަނީ އެ ކަމަަށްޓަކައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.
ނިމުނު ހަފްތާގައި ރަސްމީކޮށް ރައީސް ޔާމީނުގެ ކެމްޕެއިން ފަށާފައިވަނީ މާލޭގެ އިތުރުން ހއ، ހދ، ށ އަދި ކުޅުދުއްފުށީ ސިޓީގައެވެ.
ޕީޕީއެމުން ބުނެފައިވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނުގެ ކެމްޕޭނު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވަރަށް ބޮޑަށް އަތޮޅުތަކުގައި ތިބި ފަރާތްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލައިގެން ލާމަރުކަޒީކޮށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ