- Advertisement -ad image

މިވަގުތު ޝާހިދު އިންޑިއާއަށް ދިޔައީ ރަނިންމޭޓްކަން ކަށަވަރު ކުރަން – ތާރިގު

ad image

ގުޅުންހުރި ލިޔުންތައް


ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުއްލިގޮތަކަށް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓްކަން ކަށަވަރު ކުރަން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް ކަމަށެވެ. އަދި މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާނެ ކަމަށާއި، އަދި އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި ޓޮމް ވިދާޅުވީ ޝާހިދުގެ ސިޔާސަތު އޮންނަނީ އަވައްޓެރި ގައުމެއްގެ އުނގުގައި ކަމަށާއި ރަނިންމޭޓްކަން ޔަގީންކުރަން އިންޑިޔާއަށް ވަޑައިގެންނެވީ ކަމަށެވެ.
“ އިހުތިރާމް ގެއްލުނީ އދ. ގެ ރިޔާސަތަށް އެރުމަށް ދިވެހި ޤައުމު ގުރުބާންކުރި ހިސާބުން. 9 ސެޕްޓެމްބަރުގައި ބާލާނެ “ ޓޮމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ