- Advertisement -ad image

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ އަންނަނީ

ad image

ގުޅުންހުރި ލިޔުންތައް


އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވަޒީފާ އިން ވަކިކޮށް ދައުވާ އުފުލުމާއެކު، އިނގިރޭސިވިލާތުގައި އުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް މިދިޔަ މަހު އަނބުރާ ގެންދިއުމާ އެކު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު 1:30 ހާއިރު ކަމަށް އެނގިފައިވެއެވެ.
ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން މިހާރު ރަސްމީކޮށް ފަށާފައިވާއިރު، އެނގިފައިވާ ގޮތުގައި އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވަނީ އެ ކެމްޕެއިނާ ގުޅިވަޑައިގަތުމަށެވެ.
ދައުލަތުން އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލިއެވެ. އެއީ

ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
ފާއިތުވި ދެއަހަރު ދުވަހު އަލީ ވަހީދު ދިރިއުޅުނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ