- Advertisement -ad image

ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ތާވަލު ނުކުރާތީ އިދިކޮޅުން ހައިކޯޓަށް

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފްގެ ޝަރީއަށް ހައިކޯޓުގައި ތާވަލު ނުކުރާތީ އިދިކޮޅުން ހައިކޯޓަށް ގޮސްފިއެެވެ.
ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ބާއްވަން ތާވަލް ކުރި ނަމަވެސް އެއަޑުއެހުން ކެންސަލްވިކަން ވަނީ އަންގާފައެވެ. އެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އެމަޖެންސީ ޗުއްޓީއެއް ނެންގެވުމުންނެވެ.
އެހެންވެ އެ މައްސަލަ ތާވަލު ނުކުރާތީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ވަނީ ހައިކޯޓަށް ގޮސްފައެވެ.
ހައިކޯޓަށް ވަޑައިގަތުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ އެއްބޭފުޅަކު އާއިލީ ޒިންމާގައި ހުންނެވި ކަމަށް ވިދާޅުވި ކަމަށާއި އަދި ނުކުންނެވިހާ އަވަހަކަށް މައްސަލަ ތާވަލު ކުރާނެ ކަމަށް ވެސް ވިދާޅުވި ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމިންގެ ޝަރީއަތަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށް މުޅި ރާއްޖޭގެ ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ