- Advertisement -ad image

މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ހދ.ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި “އަޅިވިލާ” ނަމަކަށްކިޔާ 95 ފޫޓުގެ މި ދޯންޏަށް ޅ.ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 11:52 ހާއިރު ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

4 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯންޏަށް ދިޔަވާން ފެށުމުން، މި ދޯނި ވަނީ ޅ.ކުރެންދޫ ބަނދަރަށް ވައްދާފައެވެ. އަދި ދިޔަވާތަން ބެއްދުމަށް ސިފައިންގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ