- Advertisement -ad image

ގައުމެއް މިވަރަށް ފަސާދަވެއްޖެނަމަ އެތަނަކަށް ދެން ބޭނުންވާނީ ނަބިއްޔަކު ކަމަށް މުސްކުޅިން ބުނެ އުޅޭ: ދިޔާނާ

ad image

ގުޅުންހުރި ލިޔުންތައް


ގައުމެއް މިވަރަށް ފަސާދަވެއްޖެނަމަ އެތަނަށް ދެން ބޭނުންވާނީ ނަބިއްޔަކު ކަމަށް މުސްކުޅިން ބުނެ އުޅޭ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ކުރީގެ ޓޫތިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ވަޑައިގެން ހަބަރާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލި ހަބަރުގެ އިތުރުން ސަރުކާރުގެ ނުފޫޒުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ދޮރުތައް ބަންދު ކުރަމުން ދާތީ އެ ހަބަރުތައް ހިއްސާކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.


އެގޮތުން ދިޔާނާ ވިދާޅުވީ މީ ފަހު ޒަމާން ކަމަށްވީމަ ދެން އޮންނާނީ ރަސޫލާގެ ރިސާލަތު ދިރުވުން ކަމަށެވެ. އަދި އެކަން ކުރަން މިތަނުގައި ތިބި ގިނަ މީހުން މިއަދު ތިބީ މި ފަސާދައަށް ގެނބި ނިމިފައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ