- Advertisement -ad image

ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންނަން ޕީޖީން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރ.ފުއްގިރި މައްސަލައިގައި ހިމެނޭ އަހުމަދު ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ން ނިންމައިފިއެވެ.
ފުއްގިރި، މައްސަލަ ޖެހިޖެހިގެން ފަސް ފަހަރަށް ވަނީ ކެންސަލް ކޮށްފައެވެ. އެންމެ ފަހުން ތާވަލް ކުރި ފަސް އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ.

ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މިމައްސަލައިގައި ދައުލަތުން ދައުވާ ކުރެއެވެ.

ޕީޖީން ބުނީ ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާއި ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

އަދި ކުރިކް ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ޕީޖީން ބުންޏެވެ.

ކުރިކްގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށްވެސް ޕީޖީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ