- Advertisement -ad image

ކޮންމެ ރައްޔިތަކު ފަދައިން ރައީސް ޔާމީނަށްވެސް އިންސާފުވެރި ޝަރީއަތެއް ކުރުމުގެ ހައްގު ލިބެންޖެހޭ: އުޝާމް

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށްވެސް އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ލިބިދޭންޖެހޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން ނިންމައި، ކުރީގެ ރައީސް ޔާމީންގެ ދައުވާތަކުގެ ޝަރީއަތް މިއަދަށް ވަނީ ތާވަލުކޮށްފައެވެ.
މިކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި އުޝާމު ވިދާޅުވީ އަދުލުވެރިކަމާއި އިންސާފުވެެރިކަމާއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށްވެސް ލިބިދޭންވާނެކަމަށް ގަބޫލުކުރާ އެއްވެސް މީހަކު ރައީސް ޔާމީނުގެ ޝަރީއަތް ހިނގަމުންދަނީ އިންސާފުވެރިކަމާއެކު ކަން ގަބޫލު ނުކުރާނެ ކަމަށެވެ.

‏އަދި ރައީސް ޔާމީން ވިޔަސް އެހެން ރައްޔިތެއް ވިޔަސް އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ލިބިދޭންޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިކު ރިޒާ ހުށަހެޅި މެޑިކަލް ޑޮކިއުމެންޓުތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވާލަ އެއްގޮތަށް ކުރިއަށް ގެންދެވިފައިނުވާކަމަށެވެ. އަދި ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ކަމަށެވެ.
އަދި މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވާތީ މައްސަލައިގައި ދައުވާ ލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތްގޮތް ކަމުގައި ނުފެންނާތީ ރިޒާގެ މައްސަލަ މިވަގުތަށް އަނބުރާ ގެންނަނީކަމަށް ޕީޖީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ