- Advertisement -ad image

މިސްރުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


މިސްރުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން މިސްރަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެ އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިސްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

އެ ވިސާއަކީ ޓޫރިސްޓް ވިސާ ކަމަށާއި ފީއެއްގެ ގޮތުގައި 25 ޑޮލަރު ދައްކަން ޖެހޭނެއެވެ.

ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދިނުމަށް މިސްރުގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެ ގައުމަށް ޒިޔާރަތްކުރާނަމަ އަދި ވަޒީފާ އަދާކުރުމަށް، ތައުލީމް ހާސިލްކުރުމަ ނުވަތަ ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިސްރަށް ދަތުރުކުމުގެކުރިން އެކަމަކާއި ގުޅޭ ވިސާއެއް ނަގަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ