- Advertisement -ad image

އެންމެ މަތިވެރި ހިޖުރައަކީ، ނުބައި ކަންތައްތައް ދޫކޮށް ރަނގަޅު ކަންތައްތަކަށް ކުރާ ހިޖުރަ- ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އެންމެ މަތިވެރި ހިޖުރައަކީ، ނުބައި ކަންތައްތައް ދޫކޮށް ރަނގަޅު ކަންތައްތަކަށް ކުރާ ހިޖުރަ ކަމަށާއި ޝިރުކުގެ އަނދިރިކަން ދޫކޮށް ތައުހީދުގެ އަލިކަމަށް ހިޖުރަ ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި އިތުރަށް ބުނީ ހިޖުރައިން ދަސްވާ އެއް ފިލާވަޅަކީ ވަތަން ދެކެ ލޯބިވުން ކަމަށެވެ. މައްކާ ދޫކުރައްވާ ރަސޫލާ ނުކުމެވަޑައިގަންނަވަމުން މައްކާ އާއި މުހާތަބު ކުރައްވާ ހަދީސް ކުރެއްވި އަސަރުގަދަ ބަސްފުޅުތަކަކީ މިއަދުގެ މުސްލިމުންނަށް ވަތަންދެކެ ލޯބިވުމަށްޓަކައި އަގުހުރި ފިލާވަޅެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އިސްލާމީ ދައުވަތު މުޅި ދުނިޔެއަށް ފެތުރުނީ ހިޖުރައިގެ ފަހުން ކަމަށާއި ކީރިތި ރަސޫލާގެ ސީރަތުން އެނގޭގޮތުގައި އެކަލޭގެފާނުގެ ހިޖުރަވެފައިވަނީ މާތް الله އެކަލާނގެ އަޅުންނަަށް ލެއްވި ބޮޑު ރަހުމަތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ