- Advertisement -ad image

އިބޫ އަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ އެހެން ކެންޑިޑޭޓަކު ވާދަނުކުރުން!

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި މިވަނީ ގަދަވެފައެވެ.
މި އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާނުކޮށްފައިވާ އެތައް ކެންޑިޑޭޓުންނެއް މިވަގުތުވެސް އެބަތިއްބެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ޔަގީންކޮށް ބުނަން އެނގޭނީ މިމަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެކަމަށް ހުޅުވާލުމުންނެވެ.
މިހާތަނަށް މި އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާ އެންމެ ހަލުވި ކެމްޕެއިންއެއް ކުރައްވަމުން ގެންދަވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެކަމަކު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުން މި އިންތިހާބު ރައީސް ސާލިހަށް ކާމިޔާބުވާނެ ހަމަ އެއްގޮތެއްވެސް ނެތެވެ.
އަޅުގަނޑުމެން ވާހަކަ ދެއްކި ގިނަ ބަޔަކު ބުނީ 5 އަހަރުގެ ދައުރެއް އިބޫ އަށް ދިނުމުން ނުވި ކަމެއް އަދި އިތުރު 5 އަހަރު ދިނަސް ނުވާނެ ކަމަށެވެ. ރައްޔިތުން އިބޫ ދެކެ ފޫހިވެއްޖެއެވެ. ވެރިކަމަށް އައީ ލައްކަ ސަޅި ބައިސާ ކަނޑާފައެވެ. ނަމަވެސް ފަސް އަހަރު ވީއިރުވެސް ރައީސް ޔާމީނޭ ކިޔުން ނޫން ކަމެއް އިބޫއަކަށް ނުކުރެވުނެވެ.

އެމްޑީޕީގެ އެތެރޭގައިވެސް އިބޫ އަށް އެންޓި ކެމްޕެއިން ކުރާ އެތައް ބަޔަކު އެބަތިއްބެވެ. އެހެންވީމާ މިއަހަރު ބާއްވާ އިންތިހާބު އިބޫ އަށް ކާމިޔާބު ކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ވޯޓު ކަރުދާހުގައި އިބޫގެ ނަން އެކަނި އޮވެ ކުޑަ ކާފު ބޮޑު ކާފު ޖަހަން ރައްޔިތުން ގާތު ބުނުމެވެ. ވެރިކަން އެވަރަށް ބޭނުމިއްޔާ މިވެސް ހަމަ ހަދާފާނެ ގޮތެކެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ