- Advertisement -ad image

ވަގަށް ނަގާފައިވާ 356000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ބައެއް ތަކެތި ފުލުހުން ހޯދައި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ހޯދާފައިވަނީ މި އަހަރުގެ މެއި އަދި ޖޫން މަހު ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން ހޯދާފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި، އިލެކްޓްރޯނިކްސް ސާމާނާއި ސައިކަލުގެ އިތުރުން ފައިސާއާއި އެހެނިހެން ތަކެތި ހިމެނެއެވެ. މި ތަކެތީގެ އަގު 356000 ރުފިޔާ އަށްވުރެ ގިނައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ