- Advertisement -ad image

އިންތިހާބާ ދިމާކޮށް ސަރުކާރުން ފޮއްތެޔޮ ފަޅު ނުއަގުގައި ގާނޫނާއި ހިލާފަށް ވިއްކާލަން އުޅޭކަމުގެ ތުހުމަތުތަކެއް!

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ސާލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި
ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ޤާނޫނާއި ޚިލާފަށް ވިއްކާލުމަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާ ހުއްޓާލުމަށް ގޮވާލުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
އިދިކޮޅު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ގަވައިދާ ހިލާފަށް ދޭ އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެ ކަމަށެވެ.

“ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ފަޅުކަމަށްވާ، ވ. ފޮއްތެޔޮ ފަޅު ބޮޑު ޖަރީމާއެއްގެ ތެރެއިން ޤާނޫނާއި ޚިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މަޢުލޫމާތު މިކޯލިޝަނަށް ވަނީ ލިބިފައި “ އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ރައީސް ޞާލިޙުގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ އެ ކޯލިޝަނުން އަދި ދިވެހި ރައްޔިތުންވެސް އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ޤާނޫނާއި ޚިލާފު ކޮރަޕްޝަންގެ ބޮޑު މިޢަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް އިދިކޮޅުން ގޮވާލާފައިވެއެވެ. ހަމައެއާއެކު މިމައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ގޮވާލައިފައެވެ.
މިފަދަ ކޮރަޕްޝަންގެ ޖަރީމާތަކާއި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ކުންފުނި ތަކުންވެސް ޤާނޫނާއި ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ޙަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށްވެސް އެ ކޯލިޝަނުން ގޮވާލައިފާވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ