- Advertisement -ad image

ސަރުކާރުން ކުރާ ކަންކަމުގައި ފަނޑިޔާރުންނަށް އިނގިލި އަމާޒު ނުވާނެ ގޮތަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަވަންޖެހޭ: ޝިޔާމު

ad image

ގުޅުންހުރި ލިޔުންތައް


1 ލައްކައަށްވުރެ ގިނަ ރައްޔިތުންގެ ހައްޤު ނިގުޅައިގަންނަން ސަރުކާރުން ކުރާ ކަންކަމުގައި ފަނޑިޔާރުންނަށް އިނގިލި އަމާޒު ނުވާނެ ގޮތަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަވަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތުވެސް ތިއްބެވީ ހައިކޯޓުގައި ކަމަށާއި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުން ސަރުކާރުން ބޭނުންވާ ދުވަސްތަކުގައި ބަލިވެ ބޭރަށް ފުރަންޖެހި ރައީސް ޔާމީންގެ އިސްތިޢުނާފު މައްސަލަ ގަސްތުގައި ލަސްކޮށް އެމަނިކުފާނުގެ އިންތިޚާބީ ހައްޤަށް އަރައިގަންނަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
އަދި ކޯޓުތަކުގެ ކަރާމާތާ ޙުރުމަތަކީ ވަކި ބަޔަކު ހިފަހައްޓަން ޖެހޭ އެއްޗެއް ކަމަކަށް ނޯންނައިރު ފަނޑިޔާރުން ނިޒާމަށް ނުކުރާ އިހުތިރާމެއް ރައްޔިތުން ކުރާނެކަމަށް ދެކިގެންނުވާނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
“ އެއް ލައްކައަށްވުރެ ގިނަ ރައްޔިތުންގެ ހައްޤު ނިގުޅައިގަންނަން ސަރުކާރުން ކުރާ ކަންކަމުގައި ފަނޑިޔާރުންނަށް އިނގިލި އަމާޒު ނުވާނެ ގޮތަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަވަންޖެހޭ. މައިން ބަފައިންނާ އަނބިދަރިން ނިވާފަތްގަނޑަކަށް ހެއްދެވުމަކީ އެތައް ހާސް ބައެއްގެ ނުރުހުންތެރިކަން އަމާޒުވާނެ އަދި އެހާމެ ޒިންމާދާރުކަންކުޑަ އަމަލެއް “ ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ މިކަމުގައި ދާންޖެހުނު ކޮންމެ ތަނަކަށް އިދިކޮޅުން ދާނެ ކަމަށާއި އަދި ކުރަންޖެހުނު ކޮންމެކަމެއް ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ