- Advertisement -ad image

އެއް ކެނޑިޑޭޓަކު ނެރެން އެއްބަސްވެ ތިން ޕާޓީން ޕީޕީއެމްގެ ގާތަށް

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް، ޖުމްހޫރީ ޕާޓިއާއި، ޑިމޮކްރެޓްސް އަދި އެމްއެންޕީން އެއްބަސްވެއްޖެ އެވެ.
ވެރިކަންކުރާ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަދި ރިޔާސީ ކެމްޕޭނެއް ކުރައްވަމުން ގެންދަވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ މިއަދު މެންދުރު ޖޭޕީގެ މައި ޖަގަހަ ހުންނަ މ. ކުނޫޒުގައި ބައްދަލު ކުރައްވާފަ އެވެ.
ތިން ބޭފުޅުން މަޝްވަރާ ކުރެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން ތިން ބޭފުޅުންނަށް ވެސް އެއްބަސްވެވިފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ އިތުރުން އެމްއާރުއެމްއާ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު، ޕީޕީއެމް އާއި އެމްއާރުއެމް އިން އެއް ކެންޑިޑޭޓަކަށް އެއްބަސްނުވެއްޖެ ނަމަ، މިހާރު ވެސް އޮތް ގޮތަށް ޕާޓީތަކުން ވަކިވަކިން ވާދަކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ