- Advertisement -ad image

ރައީސް ސާލިހުގެ ކޯލިޝަން ޕާޓުނަރު ސިޔާމުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިއެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ މިހާރު ތަހުގީގުކުރަމުންދާ ހިލްޓަން މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމުންނެވެ.

އެ މައްސަލައަކީ ފެބްރުއަރީ 27، 2009 ވަނަ އަހަރު ސަން ޓްރެވަލްސް އިން ހިލްޓަން އާއެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފައިވާ މައްސަލައެެވެ. އަދި ސިޔާމް ކުންފުނިން، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ.
އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ. ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާކަން އެނގިފައިވެއެވެ.

ސިޔާމް ސިންގަޕޫރުގައި ފުރުމުން މަނާކުރުމުން، އެނބުރި ވަޑައިގަތުމަށް ގެންދަވަނީ ގާނޫނީ މަރުހަލާތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ