- Advertisement -ad image

ކޯލިޝަން ޕާރޓުނަރު ސިޔާމު ސަލާމަތް ކުރަން ސަރުކާރުން މަސައްކަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އަހުމަދަކީ ރަނގަޅު ޝަހުސިއްޔަތެއްގެ ވެރި ބޭފުޅެއް ކަމަށް ދިވެހި ސަރުކާރުން ސިންގަޕޫރްގެ ސަރުކާރަށް ފޮނުވި ސިޓީގައި ބުނެފިއެވެ. މިހާރު ތަހުގީގުކުރަމުންދާ ހިލްޓަން މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ސިޔާމް ވަޑައިގަތުމުން ވަނީ ޕާސްޕޯޓު ހިފަހައްޓައިފައެވެ. ދިވެހި ސަރުކާރުން ސިންގަޕޫރްގެ ސަރުކާރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ސިޔާމްއަކީ ރާއްޖޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށާއި، އަދި އޭނާއަކީ މަޖިލީސް މެންބަރެއްގެ ގޮތުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މިހާރުގެވެެސް މެންބަރެއް ކަމަށެވެ. އަދި އޭނާއަކީ މިހާރުގެ މަޖިލީސް މެންބަރުންގެ ތެރޭގައި ހިމެނޭ އެންމެ ގިނަދުވަސް ވަންދެން މެންބަރު ކަން ކުރައްވަމުންގެންދަވާ އެއް ބޭފުޅާ ކަމަށްވެސް އެ ސިޓިގައި ވެއެވެ. އޭގެ އިތުރުން އެ ސިޓީގައި ވަނީ އޭނާއަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ރިސޯޓް ވިޔަފާރި ކުންފުނި ކަމަށްވާ ސަން ސިޔާމް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ކަމަށެވެ.

އެ މައްސަލައަކީ ފެބްރުއަރީ 27، 2009 ވަނަ އަހަރު ސަން ޓްރެވަލްސް އިން ހިލްޓަން އާއެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފައިވާ މައްސަލައެެވެ. އަދި ސިޔާމް ކުންފުނިން، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ.
އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ. ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާކަން އެނގިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ