- Advertisement -ad image

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް މިހާރު ފަށައިފާވާ ކަމަށެވެ. އެގޮތުން މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެއިތުރުން ބޯކޮށް ވާރޭވެހި ދިރާގު ހެޑް އޮފީސް ކައިރީގައި ފެންބޮޑުވުމުގެ ސަބަބުން ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޕަންޕު ބޭނުންކޮށްގެން އެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

މާލޭގައި ފެންބޮޑުވެފައިވާ އިރު މޫސުން ގޯސްވެ، މެދު ރާއްޖެ ތެރޭގެ އަތޮޅު ތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) އޮތީ ނެރެފައެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ހެނދުނު 10:10 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށެވެ.

މެޓުން ބުނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ