- Advertisement -ad image

ރައީސް ވަޑައިގެންނެވިއަސް ރަށުގެ ސަރަހައްދުތައް ބަންދެއް ނުކުރެވޭނެ: ތުލުސްދޫ ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ، ތުލުސްދޫއަށް ވަޑައިގަންނަވާ އިރު އެ ރަށުގެ ސަރަހައްދުތައް ބަންދުކުރުން ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ތުލުސްދޫ ކައުންސިލްއިން ހުއްޓުވައިފި އެވެ.
ތުލުސްދޫ ކައުންސިލްގެ ހަތަރު މެމްބަރަކު ސޮއި ކުރައްވައި ރޭ ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.


އެގަރާރުގައި ބުނެފައިވަނީ އެމްޑީޕީން ކެމްޕެއިނަށް ރަށްރަށަށް ދާއިރު، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި އެ ބާރު ކަނޑުވާލަން ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުން ކުރިމަތިލާ، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ.
ހަމަ އެހެންމެ އިންތިހާބުގައި ރައީސް ސޯލިހަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސީދާ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު ރައީސް ޔާަމީންއަށް ގަސްދުގައި ނުހައްގުން އަނިޔާ ދެމުންދާ ކަމަށާއި އަދި އެ އަނިޔާ ހުއްޓާލައި ރައީސް ޔާމީން މިނިވަންކޮށް ވާދަވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ވަނީ ގޮވާލައިފަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ރަށެއްގައި އަމަން އަމާންކަން ބެެލެހެއްޓުމާއި އަދި ރަށުގެ މަސްލަހަތު ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލްތަކަށް ލާޒިމްކަމެއް ކަންވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ